އަށްވަނަ މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

01:40:39  މާލެއިން އަނެއްކާވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ މާލެއިން ޕޮޒިޓިވްވީ ނުވަ ވަނަ މީހާއެވެ. މި މީހާއަކީ ހަތްވަނައަށް ޕޮޒިޓިވްވީ މީހާޔާ ސީދާ ކޮންޓެކްޓްވި މީހެކެވެ. އެޗްޕީއޭއިން މިހާރު ގެންދަނީ މިމީހާ އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

16:29:12 އިތުރު މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ.  މި މީހާ އެކަހެރި މަރުކަޒަކަށް ގެންދއުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން. މިއީ މާލެއިން ޕޮޒިޓިވް ވި އަށްވަނަ މީހާ. 

13:01:09 އިތުރު ދިވެއްސަކު އަނެއްކާވެސް ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ހަތްވަނަ މީހާއެވެ. 

ރޭ ދަންވަރު ޕޮޒިޓިވް ވި ދެ މީހުންނާއެކު ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ހަތަރު މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި މީހާއެކު ރާއްޖޭގައި މިހާތަނަށް 27 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.