މިއަދު ޕޮޒިޓިވްވި 119 މީހުންގެ ތެރެއިން 95 މީހުންނަކީ އެއް ތަނެއްގައި އުޅުނު ބިދޭސީން: އެންއީއޯސީ

މިއަދު ޕޮޒިޓިވްވި 119 މީހުންގެ ތެރެއިން 95 މީހުންނަކީ އެއްތަނެއްގައި ދިރިއުޅުނު ބިދޭސީންކަމަށް އެންއިއޯސީ އިން ވިދާޅުވެއްޖެއެވެ.

މިރޭގެ ޕްރެސް ކޮންފަރެންސް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ ބިދޭސީން ދިރިއުޅޭ 23 ތަނެއް މިހާރު ހުރީ ކަރަންޓީނުގައިކަމަށެވެ. އެ ތަންތަނުގައި 1085 މީހަކު ދިރިއުޅޭކަން ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބިދޭސީން ތޮއްޖެހިފައިވާ ތަންތަނުން އެމީހުން ބަދަލު ކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.  ކަރަންޓީންގައި ހުރި ބިދޭސީން އުޅޭ ތަންތަނުގެ ތިބި މީހުންގެ ކަންކަން ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވް 119 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު ވަނީ 396 އަކަށް އަރާފައެވެ. މިއަދު އެއްތަނަކުން ޕޮޒިޓިވް 95 މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 61 މީހުންނާއި އިންޑިއާގެ 32 މީހުންނާއި ނޭޕާލުގެ ދެ މީހުންނެވެ. މިއަދަކީ މިހާތަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ބަޔަކު ޕޮޓިވް ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.