މާލެ އިން ޕޮޒިޓިވްވި ތިން މީހުންނާ ގުޅޭ ހައިރިސްކް ކޮންޓެކްޓުގެ ގޮތުގައި 82 މީހަކު ވަނީ ހޯދިފައި

މާލެ އިން ޕޮޒިޓިވްވި ތިންމީހުންނާ ގުޅޭ ހައިރިސްކް ކޮންޓެކްޓުގެ ގޮތުގައި 82 މީހަކު ހޯދިފައި ވާކަމަށް ކޮވިޑާ ބެހޭ ގޮތުން މަޢުލުމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ތަރުޖަމާނު މަބްރޫކު ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މާލެއިން ކޮވިޑަށް ޕޮޒިޓިވްވި އަންހެން މީހާ އާއި އޭނާގެ ދަރިފުޅު (ކޭސް 21،22) އާ ގުޅިގެން 207 ކޮންޓެކްޓް ފާހަގަ ކުރެވިފައިވާކަމަށެވެ. އޭގެތެރޭގައި ހައިރިސްކު އޮތް 75 މިހަކާއި އަދި މީޑިއަމް ރިސްކްގެ 43 މީހުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި ދެކޭސްއާ ސީދާގުޅުންހުރި މީހުންގެ ތެރޭގައި ލޯރިސްކްގެ ގޮތުގައި 89 މީހަކު ފާހަގަ ކުރެވިފައިވާކަމަށެވެ.
މާލެއިން ޕޮސިޓިވް ވި ތިންވަނަ މީހާ (ކޭސް23) އާ ސިދާ ގުޅުންހުރި ނުވަތަ ކޮންޓެކްޓްވި މީހުންގެ ގޮތުގައި ޖުމުލަ 35 މީހުން މިހާތަނަށް ފާހަގަ ކުރެވިފައިވާކަމަށެވެ. އޭގެތެރެއިން ހައިރިސްކްގެ ގޮތުގައި ހަތް މީހަކު ފަހަގަ ކުރެވިފައިވާއިރު މީޑިއަމް ރިސްކްގެ 28 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވިއެވެ. މިޢަދަދު ތަކަކީ ފަސް ދުވަހުގެ ގެރޭގައި ކޮންޓްވި މިހުން ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޢަދަދުތައް އިތުރުވާނެކަމަށް ބެލެވޭކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މި ކޭސްތަކާ ގުޅިގެން ހޯދިފައިވާ ހައިރިސްކް މީހުން މަސްދަތުރުގޮސް ޕާޓީ ބާއްވައި ބުރު ޖަހަން ދިއުމުގެ އިތުރުންގޭގެ އަށް ވެސް ޒިޔާރަތްކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ހައިރިސްކް މީހުންނާއި ލޯރިސްކް މީހުންނާ ދެ ބަޔަށް ވެސް ޢަމަލު ކުރެވޭނީ އެއްގޮތަކަށް ކަމަ ށެވެ. އެގޮތުން އެދެބައި މީހުންވެސް އައިސޮލޭޓް ކުރެވޭކަމަށެވެ. އަލާމާތްތައް ފެންނަ މީހުން އައި ސޮލޭޓް ކޮށްފައި ވަނީހުޅުލޭ އައިސޮލޭޝަން ފެސިލިޓީގައެވެ.
މާލެއިން ފުރަތަމަ ޕޮސިޓިވްވި (ކޭސް21)އަށް ބަލި ޖެހުނު ގޮތް އަދިވެސް ދެނެގަނެވިފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ( ކޭސް23) އާއީ (ކޭސް 21) ގެ ތެރެއިން ފުރަތަމަ ބަލި ޖެހިފައިވަނީ ކާކަށްތޯ ވެސް މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ. ނަމަވެސް މި ދެކޭސް އަކީ ވެސް ކޮންޓެކްޓް ދެކޭސްކަން ކަށަވަރުވާ ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިން ހެދުމުގައި މިހާރު ޕޮސޮޓިވް ކޭސްތައް ޕޮސިޓިވް ދުވަހުގެ ފަހަތަށް ފަސް ދުވަސް ލައިގެން ޓްރޭސިން ހެދުން ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ. ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ ޑޮކްޓަރ އަފަޒަލް ވިދާޅުވީ އަލާމާތް ފެށުމުގެ ދެދުވަސް ކުރިން އެހެންމީހުންނަށް ބަލިފެތުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.