މަޖިލީހުގެ އިދާރާގެ ޕޮޒިޓިވް ކޭހާ ގުޅިގެން 29 މުވައްޒަކު އައިސޮލޭޝަންގައި 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޕޮޒިޓިވް ކޭހާ ގުޅިގެން އެތަނުގެ 29 މުވައްޒަފަކު އައިސޮލޭޓް ކުރެވިފައިވާކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ. 

މިރޭގެ ނޫސްވެރިންގެ ބައަދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ މަޖިލީހުގެ އިދާރާއިން އައިސޮލޭޓް ކުރެވިފައިވާ މުވައްޒަފުންގެ ތެރެއިން 11 މީހުން ފާހަގަ ކުރެވިފައި ވަނީ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައެވެ.

ޑރ އަފްޒަލަ ވިދާޅުވީ ކޮވިޑާ ގުޅިގެން މީހަކު ޕޮޒިޓިވުމުން މަޖިލީހުން ވިއަސް އަދި ގެއަކުން ވިއަސް ޢަމަލު ކުރާނީ އެއް ގޮތަކަށް ކަމަށެވެ. ކޮންޓެކްޓް ޓްރޭސީން ހެދުމާއި އައިސޮލޭޓް ކުރަންޖެހޭ މީހުން އައިސޮލޭޓް ކުރުމުގައި ވެސް ޢަމަލުކުރެވޭނީ އެއް ގޮތަކަށް ކަމަށެވެ. 

މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އިއްޔެވަނީ މަޖިލީހުގެ ޢިމާރާތް ޑިސްއިންފެކްޓް ކޮށްފައެވެ. ކޮންޓެކްޓް ޓްރޭސިންގ ނިމުމާއެކު މަޖިލީހުގެ އިދާރާގެ މަސައްކަތްތައް  ކުރިއަށް ގެންދަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.