ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 އާ ނިޔަލަށް އިތުރުކޮށްފި

މާލޭގެ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 އާ ނިޔަލަށް އިތުރުކޮށްފިއެވެ. މިއީ ލޮކްޑައުންގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ. ލޮކްޑައުންގެ މުައްދަތު އިތުރުކޮށްފައިވަނީ ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ. 

މާލެ ފުރަތަމަ ބަންދުކުރީ މިދިޔަ އޭޕްރީލް މަހުގެ 14ވަނަ ދުވަހު މާލެއިން ކޯވިޑް ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެންނެވެ. ފުރަތަމަ އެއް ދުވަހަށް ބަންދުކުރި ނަމަވެސް ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވަނީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށެވެ. އެލި ފަހަރުމަތިން ލޮކްޑައުންގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުން އިތުރުކުރި މުއްދަތު އޮތީ މިއަދުގެ ނިޔަލަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.