ހަވީރުވަގުތުގެ ކާފިއު އުވާލައިފި

މާލޭގެ މަގުތަކުގައި ދުންފަތުން އިސްތިއުމާލު ކުރުން މަނާކުރަން ނިންމަވައިފި: ފޯޓޮ ސޯޝަލްމީޑިއާ

މާލޭގައި ހަވީރު 5 އިން ފެށިގެން ރޭގަނުގެ 8 އަށް ގާއިމުކޮށްފައި އޮތް ކާފިއު އުވާލައިފިއެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓައިލުމާއި ބަހާއި ފެރީގެ ޚިދުމަތް ދިނުން ހުއްޓައިލުމަށް އެންގި އެންގުން މިއަދުން ފެށިގެން އުވާލައިފިއެވެ. އެހެން ނަމަވެސް މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި އެއްފަހަރާ ތިން މީހުންނަށްވުރެ ގިން މީހުން އެއްވެ އުޅުން ހުއްޓައިލުމަށް އަންގައިފައިވާ އެންގެނުން ދެމި އޮންނާނެއެވެ.

މާލޭގައި ކާފިއު ހިންގައިފައި އޮންނަ ގަޑީގައިވެސް މަގުމަތީން އެތައް ސަތޭކަ ބަޔަކު ހުއްޓުވައި ނަސޭހަތްދޭން ޖެހިފައިވެއެވެ. ކާފއުގަޑި ރޭގަނޑު 8 ޖަހާއިރު ނިމުމާއެކު މަގުމައްޗަށް މީހުން ނުކުމެ ފުރާލައެވެ. ދުވާލުގެ ގަޑިތަކަށްވުރެ 8 ގެ ފަހުން މީހުން ގިނަ ކަމަށް ފާހަގަ ކުރެވެއެވެ.

ކާފިއު އުވައިލީނަމަވެސް ފިހާރަތަކާއި ހޮޓަތައް ހުޅުވައިފައި ހުންނަ ގަޑިތަކަށް ބަދަލެއް ގެނައި ކަމެއް އިއުލާނަކުން އެނގޭކަށް ނެތެވެ. އިއުލާނުގައި އޮތީ އެފަދަ ތަންތަނުގައި ގައިގޯޅިވުން ދުރުވާނެ ފަދަ ގޮތަކަށް ކަންތައް ބަހައްޓާން އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.