ކޮވިޑް-19: މެލޭޝިއާއިން އައި އެންމެން ސާދަ ދުވަހަށް ކަރަންޓީން ކޮށްފި

އެކި ބޭނުންތަކުގައި މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހީންގެ ތެރެއިން މިހާތަނަށް މާލެ ގެސްފައިވާ 197 މީހުން ކަރަންޓީން ފެސިލިޓީ ތަކުގައި ސާދަ ދުވަހަށް ކަރަންޓީން ކޮށްފިއެވެ.

މި އެންމެން ރާއްޖެއަށް ގެނެސްފައިވަނީ މޯލްޑިވިއަންގެ ބޯޓެއްގައެވެ. މޯލްޑިވިއަންއިން ގެންދަވަނީ ރާއްޖެއިން ބޭރުގައިތިބި ދިވެހީންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ މީހުން ރާއްޖެއަށް ގެނައުމަށްޓަކައި ދަތުރުތަކެއް ފަށައިފައެވެ.

އެގޮތުން އިންޑިއާ، މެލޭޝިއާ، ސްރީލަންކާއަށް ވަނީ ދަތުރުތަކެއް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ދަތުރުތަކެއް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަންއިން ބުނެފައިވަނީ ސަރުކާރުން ކަނޑައަޅާ އިތުރު ގައުމުތަކަށް ވެސް މޯލްޑިއަންގެ ދަތުރުތައް ކުރައްވާނެ ކަމަށެވެ. އެ ގައުމުތައް ކަނޑައެޅުމުން ތާރީޚާއި ގަޑި ހާމަކު ރައްވާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މެލޭޝިއާއިން ގެނައި މީހުން ކަރަންޓީން ކޮށްފައިވަނީ ބަނޑޮސް، ބިޔާދޫ، ފަންއައިލެންޑް، ހޮލިޑޭ އައިލެންޑް، މަޑިވަރުގައެވެ. ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ދޫކުރުމުގެ ކުރިން ކޮރޯނާއަށް ޓެސްޓްކުރާނެއެވެ. ދޫކޮށްލާނީ ޑަބަލް ނެގެޓިވް ވުމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.