ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން 213 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން މިއަދު މިހާތަނަށް ޗައިނާއިން 213 އަށްވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

ޗައިނާއިންވަނީ މިހާތަނަށް 9692 މީހުން ފެނިފައެވެ. މިއަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އިތުރު ގައުމުތަކުން ވެސް މިބަލި ދަނީ ފެންނަމުންނެވެ. މިބަލިވަނީ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއި، ޔޫރަޕާއި، އުތުރުއެމެރިކާއި، މެދުއިރުމަތީ ގައުމުތަކުން ވެސް ފެނިފައެވެ. ބަލި ފެނުނު ގައުމުތަކުގެ ތެރޭގައި:

އޮސްޓްރޭލިއާ 9

ކެމްބޯޑިއާ 1

ކެނެޑާއިން 3

ޗައިނާ 7711

ފުރާންސް 5

ފިންލޭންޑު 1

ޖަރުމަން 4

އިންޑިއާ 1

އިޓަލީ 2

ޖަޕާން 11

މެލޭޝިއާ 8

ނޭޕާލް 1

ފިލިޕީންސް 1

ސިންގަޕޫރު 10

ސައުތުކޮރެއާ 6

ސްރީލަންކާ1

ޓައިވާން 8

ތައިލެންޑު 14

އެމެރިކާ 6

ޔޫއޭއީ 4

ވިއެޓުނާމް 4 ވަނީ ފެނިފައެވެ.

މީގެ އިތުރު ރާއޖެއިން ވެސް ވަނީ މިބައްޔަށް ޝައްކުކުރެވޭ އެކަކު ފެނިފައެވެ. އެއީ ޗައިނާގައި އުޅެފައި ރާއްޖެއައި ދިވެއްސެކެވެ. އޭނާ މިހާރުހުރީ ކަރަންޓީނު ކޮށްފައެވެ. އެބައްޔަށް އޭނާ ޕޮޒިޓިވްތޯ ބެލުމަށް އޭނާގެ ބުލަޑް ސާމްޕަލްވަނީ ބޭރަށް ފޮނުވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.