ރޭ މޫދަށް ފުންމާލި މުދިމު އަދިވެސް ނުފެނޭ

ޖޭޑަބްލިޔޫ މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ މޫދަށް ރޭ ފުންމާލި އެ ރިސޯޓުގެ މުދިމު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ގެންދަވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި މިހާތަނަށް 120،000 ސްކެއަރމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި އެމީހާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށާއި ކަނޑުއަޑިންނާއި މަތިން ކޯސްޓްގާޑުން ގެންދަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރޭ މޫދަށް ފުންމާލީ މިހަކީ އެ ރިސޯޓް މުދިމުކަށް މަސައްކަތްކުރަމުންދިޔަ އިންޑިއާގެ ރައްޔިތެކެވެ.

ޢުމުރުން 30 އަހަރުގެ އެމީހާ މޫދަށް ފުންމާލި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ރޭ 9:45 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައުލުމާތު ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ފެށިކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދިނެވެ. މި މަސައްކަތުގައި އެރިސޯޓްގެ ޑައިވަރުން ބޭނުންކޮށްގެނެ ވެސް އެމީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.