ފުޅިއަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން މިރޭ ހޯދައިފި ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔައީ ސ. ހިތަދޫ، ފެހިވިނަ، އިބްރާހީމް ޝަކީބް ކަމަށެވެ. އޭނާގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އަށް ރިޕޯރޓް ލިބިފައިވަނީ މިރޭ 23:14 އެހައިކަންހާއިރު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ޓީމެއް ހާބަރ ޕެޓްރޯލްގައި އެމީހާ ހޯދުމުގެ މަސައްކަތަށް ފުރިއެވެ. އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށް ފެނިފައިވަނީ މިރޭ 23:39 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭނާ ފެނިފައިވަނީ ސ. ހުޅުމީދޫ އިރުން 1 މޭލު ބޭރުންނެވެ.
މިހާދިސާ ދިމާވީ، ފުޅިއަޅައިގެން ލަނޑާ ނެގުމަށްޓަކައި މިމީހާ ފީނުމަށްފަހު މައްޗަށް އެރި ވަގުތު ދޯންޏާއި ދިމާނުވެ އޮޔާ ދިޔުމުގެ ސަބަބުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި އިބްރާހީމް ޝަކީބަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
Hus dhogu.. 1 meylu beyrakuneh noon... Faru mathi eyna negee.. T