ހާލުގައި ޖެހުނު ފެރީއެއް ސަލާމަތްކޮށް ތިނަދުއަށް ގެންގޮސްފި

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫން ފުރައިގެން އެއައަތޮޅު އުތުރުބުރިއަށް ދަތުރުކުރި ފެރީ ދޯންޏެއްގެ އިންޖީން ހުއްޓި ހާލުގައި ޖެހުމުން އެހެން ދޯންޏެއްގެ އެހީގައި ތިނަދުއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ "ދޮންދި" ނަމަކަށްކިޔާ އެދޯނީގެ އިންޖީން ހުއްޓުނީ ތިނަދުއާއި ހައުޑިގަލާ ދެމެދަށް ކަމަށެވެ. އެހާދިސާގެ މައުމޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 2:15 ގައެވެ.

އެދޯނީގެ އިންޖީން ހުއްޓުނުއިރު އެއިން 70 މީހުން ދަތުރުކުރަމުން ގެންދިޔަ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ މައުލޫމާތު ލިބުމުން އެމްއެންޑީއެފްގެ އުޅަނދެއްވަނީ ދޯނި ކައިރިއަށް ގޮސް އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ. ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.