ކަނޑުވެފައި ތިބި ބަޔަކު ޑައިވިން ދޯންޏަކުން ނަގައިފި

ކަނޑުވެފައި ތިބި ބަޔަކު ޑައިވިން ދޯންޏަކުން ނަގައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމީހުން ކަނޑުވީ ދަތުރު ކުރަމުންދިޔަ ދޯނި އަޑިޔަށް ގޮސްގެންނެވެ. 40 ފޫޓުގެ އެދޯނި އަޑިއަށް ދިޔައީ ކ. އިތާފުށި ކައިރިއަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެދޯނި އަޑިއަށްދިޔަ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އަޑިއަށް ދިޔައިރު އޭގައި 4 މީހުން ތިއްބެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. ދޯނި އަޑިއަށްދިޔަ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:25 ގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.