ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ކަރަންޓީން ކުރެވޭ މީހުންގެ ކަރަންޓީންގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލާނީ އެމީހުންގެ ޓެސްޓްތައް ހަދައި ނަތީޖާ ލިބުމުގެ ކުރިން އެމީހުން ދޫނުކުރާނެޓެސްޓްގެ ނަތީޖާ އަތަށް ނުލިބެނީސް ކަރަންޓީނުގައި ތިބޭމީހުން ދުލެއް ނުކުރައްވާނެ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރ. މުއާޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކަރަންޓީން ކޮށްފައިތިބި ބައެއްގެ މުއްދަތު ހަމަކޮށްފައި ފުރިފަހުން ނަތީޖާ ލިބިފައިވާ ދެމީހުން ޕޮޒިޓިވްވިކަން އެނގުމުން އެކަމާބެހޭ ގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން ދެއްވި ޖަވާބުގައެވެ. އޭނާ ވިދާޅުވީ މިހާރު ލިބެމުންދާ ހެކިތަކަށް ބެލުމަށްފަހު ކަންކަން ބަދަލު ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެކަންކަން މިހާތަނަށް ފައިނަލް ނުވިޔަސް އެކަންކަން ފައިނަލް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަރަންޓީނުގައި ތިބެފައި ދޫކޮށްލި މީހުންގެ ތެރެއިން ނަތީޖާ ޕޮޒިޓިވްވި ދެމީހުން ފުރުވާލިއިރު އެމީހުންގެ ނަތީޖާ އަތަށް ލިބިފައެއް ނުވެއެވެ. ނަތީޖާ ލިބުނު އިރު އެމީހުންވަނީ ދަތުރު ފަށައިފައެވެ.