ޓިޔުޝަން ސެންޓަރުތަކާއި ޤުރުއާން ކުލާސްތައް ބަންދު ކުރަން އަންގައިފި

ޓިޔުޝަން ސެންޓަރުތަކާއި ޤުރުއާން ކުލާސްތައް ވަގުތީ ގޮތުން ބަންދު ކުރަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު  މިގޮތަށް އެންގެވީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ އެބަލިން ރައްކާތެރިވެ ތިބުގެ ގޮތުންނެވެ. ރާއްޖޭގައި މިހާރުވަނީ އާއްމު ސިއްޙަތުގެ ކުލިއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވައިފައެވެ.

ޓީޔުޝަން ސެންޓަރުތަކާއި، ޤުރުއާންކުލާސްތަކުގެ އިތުރުން، ސްކޫލްތަކާއި ތަޢުލީމުދޭ މަރުކަޒުތައް ބަންދު ކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ. މި އެންގެވުމަށް ޢަމަލުކުރަން އަންގަވާފައިވަނީ މާރިޗު 22 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ ނިޔަލަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.