ކޮވިޑް-19: ރައީސް ނަޝީދުގެ ސާމްޕަލް ނެގެޓިވް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮވިޑް-19 އަށް ކުރި ޓެސްޓުގެ ނަތީޖާ ލިބިއްޖެއެވެ. ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނުވަނީ އެއަށް ނެގެޓިވް ވެފައެވެ.

އެމަނިކުފާނު ކޮވިފް-19 އަށް ޓެސްޓް ކުރެއްވީ ހުސްވިމަހު 11 އިން 14 އަށް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާތީ އެވެ. އެޗުޕީއޭއިން ގެންދަވަނީ ހުސްވިމަހުގެ 14 އާއި 19 އާ ދެމެދު އިންގިރޭސިވިލާތަށް ވަޑައިގެންނެވި އެންމެ ޓެސްޓް ކުރަން ނިންމަވައިފައެވެ. މިހާތަނަށްވަނީ 45 މީހުންނަށްވުރެ ގިނަ މީހުންގެ ސާމްޕަލްތައް ނަގައިފައެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއް ގައެވެ. އިނގިރޭސިވިލާތުން ރާއްޖެއަށްއައި 4 ދިވެއްސަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެމީހުން ޕޮޒިޓިވްވެފައިވާ ކަން އެނގުނީ ކަރަންޓީންގައި ތިއްބައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.