ކޮވިޑް-19 ތޫފާނުގެ ވިލާތައް ދަނީ ރާއްޖެއާ ދިމާއަށް ދަތުރު ކުރަމުން ކަމަށާއި އެހެންކަމުން އެއިން ސަލާމަތްވުމަށް ގެއިން ނުނިކުންނަށް ޑރ. މުހައްމަދު އަލީ އިލްތިމާސް ކުރައްވައިފިއެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ހަމަ ސީރިއަސްކޮށް މިދަންނަވަނީ ކޮވިޑްގެ ތޫފާނުގެ ވިލާތައް ދަނީ ރާއްޖެއާ ދިމާއަށް ދަތުރު ކުރަމުން. ގެއިން ބޭރަށް ނިކުމެގެން ނޫޅޭ،" ކަމަށެވެ.
ރާއްޖެއިނ މިހާތަނަށް ވަނީ 13 މީހުން އެބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 5 މީހުންނަށް މިހާރު ވަނީ ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދަނީ 8 މީހަކަށެވެ. ކަރަންޓީން ކޮށްފައިތިބި މީހުންގެ އާދަދު 500 އަށް އަރައެވެ.
ފުއްޕާމޭގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރ މުޙައްމަދު އިސްމާއިލް ވިދާޅުވީ 5 މީހުންނަށް މިބަލިން ރަނގަޅުވުމަކީ ނުރައްކާ ކުޑަވުންނޫންކަމަށެވެ. އެހެންކަމުން އެންމެންވެސް އެޗުޕީއޭގެ އިރުޝާދުތައް ރަނގަޅަށް އަޑުއަހައިގެން އެއަށް އަމަލު ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގެ ޑޮކްޓަރުންގެ އިތުރަށް ބޭރު ގައުމުތަކުގެ ޑޮކްޓަރުން ވެސް އެދި އިލްތިމާސް ކުރަމީ ބޭރަށް ނުކުތުން ހުއްޓާލުމަށެވެ. މި ބަލި ފެތުރުން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވެން އޮތް އެންމެ ބޮޑު ކަމަކީ ގޭގައި މަޑުކޮށްލުމެވެ. ދުނީގެ އެކި ގައުމުތަކުގެ ޑޮކްޓަރުންނާއި ދިވެހި ޑޮކްޓަރުން އާދޭސް ކުރައްވަމުން ގެންދަވަނީ އެމީހުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ވެސް ގެއިން ނުނިކުމެ ތިބުމަށެވެ.
Kihinei geyga madu kuraanee Office bandeh nukurey... duty ah eba jehey beynun nuviyas dhaan ?
Ohhhh! Dhera