އައްޑޫއިން ކޮވިޑް-19 އަށް ޝައްކު ކުރެވުނު ދެކުދިން ނެގެޓިވް

މަރަދޫ ހެލްތު ސެންޓަރުގެ ނަރުހުން:

ކޮވިޑް- 19 އަށް އައްޑޫ ސިޓީން ޝައްކުކުރެވުނު ދެ ކުދިންގެ ސާމްޕަލް ނެގެޓިވް ވެއްޖެއެވެ. މި ދެކުދިންގެ ސާމްޕަލްތައް ނެގީ ރޭގެ ވަގުތެއްގައެވެ.

އެކުދިންގެ ސާމްޕަލްތައް ނެގީ ޓްރެވެލް ހިސްޓްރީއެއް އޮވެފައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުންނެވެ. ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެފަދަ އަލާމާތްތަކެއް ފެންނަ ކޮންމެ މީހަކީ އެބަލި ޖެހިފައިހުރި މީހަކަށް ނުވާނެ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ އަލާމާތްތަކަކީ ވެސް އާދައިގެ ރޯގާއިން ފެނަން ކަހަލަ އަލާމާތްތަކަށްވާތީ އެ މީހެއްގެ ޓްރެވެލް ހިސްޓްރީއާއި އެހެން ކަންކަމަށް ބެލުމަށްފަހު އެބައްޔަށް މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ 13 މީހުންނެވެ. ޓެސްޓް ކުރުމުގެ މަރުހާލާގައި ވެސް ބައެއް މީހުން އެބަތިއްބެވެ. ސަރުކާރުން ގެންދަނީ މިބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ހަރުދަނީ ފިޔަވަޅުތަކެއް އަޅައި ޢާންމުގެ ހޭލުންތެރި ކުރުމުގެ މަސައްކަތް ރޭއާއި ދުވާލު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.