އިންޑިއާއަށް ބޭހަށްގޮސް ތިބި މީހުންގެ ޚަރަދު ސަރުކާރުން ހަމަޖައްސައިދެނީ

އާސަންދަ ކުންފުނިން ކުރިން ހިންގި ހުޅުމާލެ ހޮސްޕިޓަލް: ފޮޓޯ ވަން

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް މިހާރު ގޮސްތިބި މީހުންގެ ތިބުމާއި ކެއުން ސަރުކާރުން ހަމަޖައްސަވާ ގޮތަށް ހަމަޖައްސަވައިފި ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

މިގޮތަށް ހަމަޖައްސަވާފައިވަނީ އެމީހުން އެނބުރި ރާއްޖެއަށް އާދެވެންދެކަށް ކަމަށް އާސަންދައިން ވިދާޅުވިއެވެ. އެޚަރަދުތައް ހަމަޖައްސަވާނީ އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ ބެލުމުގެ ދަށުން އާސަންދައާއި، އެންސްޕާއިންނެވެ.

"އަވަށްޓެރި އިންޑިއާއަށް މިހާރު ގޮސްތިބި ދިވެހިންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެނސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސާފަ ވަނީ،" އާސަންދަ ކުންފުނީން ވިދާޅުވިއެވެ.

އިންޑިއާގައި ތިއްބެވި މިފަދަ ފަރާތްތަކުން އިންޑިއާގެ ދިވެހި ކޮންސިއުލޭޓްގެ ހޮޓްލައިން 919847702554+ އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.