ކޮވިޑް-19: އައިޑީކާޑު ނެތަސް ޚިދުމަތް ލިބޭނެ ގޮތް އާސަންދައިން ހަމަޖައްސައިފި

ކޮވިޑް19 އާއި ގުޅިގެން އިޢުލާނުކޮށްފައިވާ ޢާއްމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އައިޑީ ކާޑުނެތިއްޖެ ޙާލަތުގައި ވެސް ޚިދުމަތް ދެވޭނެ އިންތިޒާމް އާސަންދަ ކުންފުނިން ހަމަ ޖައްސަވައިފިއެވެ.

އާސަންދަ ކުންފުނިން ވިދާޅުވެފައިވަނީ އާސަންދަ ޚިދުމަތްދޭ ހުރިހާ މަރުކަޒަކުންވެސް، ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ޙާލަތެއްގައި، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް އޮތުމުން އެޚިދުމަތް ދެވޭނެ ކަމަށެވެ. އެހެނޫނީ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ޚިދުމަތް އެމީހަކަށް ލިބިދެވޭނެ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެފައެވެ.

އެކުންފުނިން ވަނީ ކޮވިޑް 19 ގެ ސަބަބުން ބަލިމީހުންނަށް ލުއިތަކެއް ކުރިން ވެސް ދެއްވައިފައެވެ. އެ ގޮތުން ދިގު މުއްދަތަށް ބޭސްކާންޖެހޭ މީހުންނަށް އެންމެފަހުގެ ބޭސް ސިޓީއަށް ހުރިހާ ފާމަސީ ތަކުން ބޭސް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސަވައި ދެއްވައިފައެވެ.

ކޮވިޑް 19 އިން ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެކަންކަމުގެ ހެޔި ނަތީޖާ ވެސް ދަނީ ފެންނަމުން ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް އެކަން އެންމެ އެދެވޭ ގޮތުގައި ކުރިއަށްދާނީ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ކަމަށް ވެސް އެފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ފިންގަޕްރިންޓު ބޭނުންކޮއްގެން ކޮންބައެއްކަން ދެނެގަންނާނެ ގޮތްހެދުން ރަގަޅުވާނެ. އަދި. ޑީ. ނަމްބަރު ބުނީމާ އެމީހާގެ އެންމެ ފަހުން ހެދި އައި. ޑީ ގެ ފޮޓޯޔާއި މައުލޫމާތުވެސް ފެންނާނެ. އެހެންވީމާ އެހެން ލިއުމެއް ނުގެންގޮސް ޚިދުމަތް ދޭން ދަތިވެގެން ނުވާނެ. މައްލަ ދިމާވާނީ ބަދަލުގަ އެހެން މީހަކު ފޮނުވައިގެން ޚިދުމަތް ހޯދަންޏާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.