ދެ ހަރަމްފުޅުގެ ބޭރުގައި މަޑުކޮށްގެން ތިބުމާއި ނަމާދުކުރުން މަނާކޮށްފި

ދެ ހަރަމްފުޅުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓައެއް ނުލާ

މައްކާގެ އަލްމަސްޖިލް ޙަރާމާއި، މަދީނާގެ އަލްމަސްޖިދުއް ނަބަވީގެ ކޯޓުޔާޑުގައި (ބޭރުގައި ނަމާދުކުރުމަށް މާބްލް ޖަހާފައިވާ ސަރަހައްދުގައި) ނަމާދުކުރުމާއި، މަޑުކޮށްގެން ތިބުން މަނާކޮށްފިއެވެ.

ދެ ހަރަމްްފުޅުގެ ކަންކަންބަލަހައްޓާ އިދާރާގެ ތަރުޖަމާނު ހާނީ ބިން ޙުސްނީ ވިދާޅުވި ގޮތުގައި މިއީ ކޮވިޑް- 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

ކޮޮވިޑް- 19 ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ސައޫދީ އަަރަބިއްޔާގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި، ހުކުރު ނަމާދު ކުރުން ވަނީ ހުއްޓާލާފައެވެ. އެހެނަސް، ދެ ހަރަމްފުޅު ވަނީ މިކަމުން އިސްތިސްނާކޮށްފައެވެ.

ދެ ހަރަމްފުޅުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން ހުއްޓާލިކަމަށް ޚަބަރު ފަތުރާ ބައެެއް ވަސީލަތްތަކުން ބުނި ނަަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަކައެކެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ސައޫދީ އަރަބިއްޔާގެ 274 މީހަކަށް ވަނީ ޖެހިފައެވެ. ދުނިޔޭގެ 165 ގައުމެއްގެ 2 ލައްކަ 46 ހާހަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، މި ބަލީގައި 10 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.