އަނަންތަރާއިން ޓެސްޓްކުރީ ބިދޭސީ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ޓެސްޓްކުރީ ބިދޭސީ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ އަކީ މިހާރު ފަރުކޮޅު އައިސޮލޭޝަންގައި ހުރި މީހެއް ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

އެމީހާ ޕޮޒިޓިވް ވުމުން އެޗުޕީއޭއިން ވަނީ އެ ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިން ނިންމައި ހޯމް އައިސޮލޭޝަނަށް ގެންދަންޖެހޭ މީހުން އައިސޮލޭޓު ކޮށްފައެވެ. އައިސޮލޭޓު ކޮށްފައިވަނީ ކިތައް މީހުން ކަމެއް އެޗުޕީއޭ އިން ވިދާޅެއް ނުވެއެވެ.

މި މީހާ ޕޮޒިޓިވް ވުމުން ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 11 އަށްއެރީ އެވެ. ޕޮޒިޓިވި 11 މީހުންނަކީ ވެސް ބިދޭސީންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 5 މީހުން ފެނިފައިވަނީ ޅ. ކުރެއްދޫ އައިލެންޑު ރިސޯޓުންނެވެ. އޭގެ އިތުރުން ސޭންޑީސް ބަތަލާ އިން ވަނީ ދެމީހުން ޕޮޒިޓިވްވެފައެވެ. ކުރަމަތި މޯލްޑިވްސް ރިސޯޓުން ވެސް ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަނަންތަރާ އިން ވަނީ ދެ މީހަކު ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ބ. ފެހެންދޫ އާއި ސަންގެލި ރިސޯޓާއި،ބަނޑޮހާއި، ޑްރީމްލޭންޑް ރިސޯޓުން ކޮވިޑް-19އަށް ޓެސްޓް ކުރި މީހުން ވަނީ ނެގެޓިވްވެފައެވެ. އެ މީހުން ނެގެޓިވް އެރަށްރަށް މިހާރުވަނީ މޮނިޓަރިން ހުއްޓާލައި ހުޅުވާލައިފައި ކަމަށް އެޗުޕީއޭއިން ރޭ ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.