ކޮވިޑް-19: ބިދޭސީން ވިލިވަރަށް ގެންދިޔައީ ގިނައިރު ބައިތިއްބާކަށްނޫން: މަބްރޫކް

ވިލިވަރުގައި އެކަހެރި ކުރެވުނު ބިދޭސީން އެތަނަށް ގެންދިޔައީ ގިނައިރަކު އެތާގައި ބޭތިއްބުމަށް ނޫންކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަޒީޒު މިއަދު ވިދާޅުވެއްޖެއެވެ.

އެތަނަށް އެމީހުން ގެންދިޔުމުން ސޯޝަލް މިޑިއާގައި ވަނީ އެތަނުގެ ވީޑިއޯއާއި ފޮޓޯތައް އާއްމުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑިކިޔައިފައެވެ. މަބްރޫކް ވިދާޅުވީ ވިލިވަރަކީ ކުރިން ހަދަމުންދިޔަ ރިސޯޓެއް ކަމަށެވެ. ބިދޭސީން ބައިތިއްބާފައިވަނީ އެރަށުގެ ކޮންސްޓަރަކްޝަން ގެ މަސައްކަތްކުރި އިރު ބޭނުންކޮށްފައިވާ ތަނެއްގައި ކަމަށެވެ. އެތަނަކީ އެގޮތަށް މީހުން ބައިތިއްބަން އެކަށީގެންވާތަނެއް ނޫންކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރުވަނީ  އިރުފުށްޓާއި ކުޑަބަނޑޮހަށް ބަދަލުކޮށްފައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ވިލިވަރަށް ގެންދިޔައީ 80 ބިދޭސީން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެތަނަށް އެމީހުން ގެންދެވުނީތީ މަބްރޫކް ވަނީ އެމީހުން ގާތުން މަޢާފަށް ވެސް އެދިފައެވެ. "އެއީ އިންސާނުން ބައިތިއްބަން ހެޔޮވާވަރު ތަނެއް ކަމަށް އަޅުގަނޑުމެން ވެސް ޤަބޫލެއް ނުކުރަން،" މަބްރޫކް ވިދާޅުވިއެވެ.

ވެލިވަރަށް އެމީހުން ގެންދިއުމުން އެމައްސަލަ ރާއްޖޭގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނާ ހަމައަށް ވެސް ދިޔައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.