ކޮވިޑް 19 ގެ އަލާމާތްތަކެއް ފެނިގެން ދިވެއްސަކު ފަރުކޮޅު އައިސޮލޭޝަނަށް ގެންދަނީ

ކޮވިޑް 19 ގެ އަލާމާތްތަކެއް ފެނިގެން ދިވެއްސަކު ފަރުކޮޅު އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ވިދާޅުވެއްޖެއެވެ.

އެޗުޕީއޭއިން ވިދާޅުވީ އެމީހަކީ މެލޭޝިއާގައި ދިރިއުޅުމަށްފަހު ރާއްޖެއަށް އައި މީހެއް ކަމަށެވެ. އޭނާ މެލޭޝިޔާގައި އުޅެފައިވަނީ ވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ބަޔަކާ އެއް އިމާރާތެއްގައި ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ. ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އައި ދިވެއްސެއް ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްދަނީ ކުރަމުން،" އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.

މިހާރުވެސް ސަމާއައިލެންޑް ރިސޯޓުގައި 68 މީހަކާއ، ކުރެއްދޫ އައިލެންޑް ރިސޯޓުގައި 99  މީހަކާއި، ބަތަލާގައި 17 މީހަކާއި ކުރަމަތީގައި 20 މީހުން އައިސޮލޭޓު ކޮށްފައިވެއެވެ. މިހާތަނަށް ރާއްޖެއިން ވަނީ 82 ސާމްޕަލް ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ 8 މީހެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.