ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ފޭދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކަށާއި ފިރިހެނަކަށެވެ. އެކްސިޑެންޓުވީ ބާރަށް ދުއްވާފައި ދިޔައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ދުއްވާފައި ދިޔަ ބައިސްކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ކާރު ބައިސްކަލުގައި ޖެހިފައި ގޮސް ފާރެއްގައި ޖެހި، ފާރު ވެއްޓިފައިވާ ކަމަށެވެ.

ކާރުން ޖެހުނު ބައިސްކަލް ދުއްވަން އިނީ ދިވެހި އަންހެނެކެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައި ވެއެވެ. އަދި ކާރު ދުއްވި ދިވެހި ފިރިހެން މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެމީހުންނަށް ވެސް ފަރުވާ ދެމުން ގެންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ އެތަނުން އަންހެން މީހާގެ ފައިގެ ދެ ތަނަކުން ބިނދިފައިވާ ކަމަށެވެ. އެއީ 48 އަހަރުގެ އަންހެނެކެވެ. އިތުރު މީހަކު އެ ހޮސްޕިޓަލަށް އެ އެކްސިޑެންޓާ ގުޅިގެން ނުގެންނަ ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.