ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ

މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވާ ވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެކްސްޑެންޓުގައި އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނޭނގެއެވެ. އެހެންނަމަވެސް އޭނާގެ ވާތުފައިގެ ކުޑަހުޅުން ދެ ތަނެއް ކަފައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއާ ބެހޭ އިތުރު މަޢުލޫމާތެއް ނުލިބެއެވެ.

އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 6:45 އެހައިކަންހާއިރު އެވެ. ޙާދިސާ ހިނގީ "ހުޅުމާލޭ ހުވަނދު މާކެޓު ގޯޅުން ނުކުތް ކާރެއް ބޮޑުމަގުން އިރުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިގެން،" ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލް ފަހަތުގައި އިން އަންހެން މީހާއަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.