ހުޅުމާލޭގައި ދުއްވި ބަހެއްގެ ދަށުވެ ޔޫކްރައިން އަންހެނަކު ނިޔާވެއްޖެ

މިއަދު އެކްސިޑެންޓްވި ބަސް: ފޮޓޯ ޕޮލިސް

މިއަދު ހެނދުނު 6:37 އެހައިކަންހާއިރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޢުމުރުން 31 އަހަރުގެ، ޔޫކްރައިން އަންހެނަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފެތިރޯނުމަގުގައި ހުންނަ އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރީން ކަމަށެވެ. އެކްސިޑެންޓުވެފައިވަނީ އެމްޓީސީސީގެ ބަހެކެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ބަސް ދުއްވި ޑްރައިވަރު ނިދާފައި އިނދެގެން ދުއްވުން ކަމަށެވެ. "ބަސް ގޮސް އެވަގުތު ފިތުރޯނު މަގުން ހިނގާފައި ދިޔަ ޔޫކްރައިންގެ އަންހެނެއްގެ ގައިގައިޖެހި އެނާ ބަސް ދަށުވީ،" އެކްސިޑެންޓާބެހޭ ގޮތުން ފުލުހުން ވިދާޅުވިއެވެ.

ބަސް ދުއްވަން  އިނީ ދިވެހި ފިރިހެކެވެ. އާނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިހާރުވެސް އޭނާ ބަންދުކޮށް ތަޙުޤީގު ފަށްޓަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.