އެސްޓީއޯ ސެކިޔުރިޓީ އޮފިސަރުންނަށް ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މިއީ މިއަހަރު ބާއްވާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ބެޗުކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
މި ތަމްރީން ޕްރޮގްރާމުގައި ކިޔަވައި ދެއްވަނީ މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ބޭފުޅުންނެވެ. މިއީ އެކުންފުނީގެ އެކި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ގާބިލްކަން އިތުރުކޮށް އިތުބާރު ދެމެހެއްޓުމުގެ ގޮތުން ފެށި ތަމްރީން ޕްރޮގްރާމެކެވެ.
އެސްޓީއޯއިން ގެންދަވަނީ އެތަނުގެ މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތުކަން އިތުރު ކުރުމަށް އެތަނުންގެ މުވައްޒަފުންނަށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ. މިއީ ކޮންމެ އަހަރަކު ވެސް އެކުންފުނިން ކުރައްވާ ކަމެކެވެ.
މިއަދު ފެށި ސެކިޔުރިޓީ ގާޑުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ވިއްސަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.