އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިއަދުން  ފެށިގެން (21 ފެބުރުއަރީ 2021 އިން ފެށިގެން) ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ޕެޓްރޯލު ލިޓަރެއް ވިއްކާނީ 8.44 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 9.19 ރުފިޔާއަށެވެ. އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތާ ދުވަސްކޮޅެއް ވެފައިވުމާއެކު ރާއްޖެއަށް ތެޔޮ އެތެރެ ކުރާ ތެލުގެ އަގުވެސް ބޮޑުކުރަން ޖެހުނީއެވެ.

މި ބަދަލު ގެނައުމުގެ ކުރިން (އިއްޔެއާ ހަމައަށް) ޕެޓްރޯލު ލިޓަރެއް ވިއްކަމުން ގެންދިޔައީ 8.07 ރުފިޔާއަށެވެ. ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 8.71 ރުފިޔާއަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.