ޖިންސީ ގޯނާކޮށްގެންނާއި ކުރަން އުޅުމުގެ ދެ މައްސަލައެއް ފުލުހަށް ހުށަހެޅި އެމައްސަލަތައް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެތަނުން އެއްމައްސަލައަކީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ،އއ،އދ،ވ) އަތޮޅުގެ ރަށެއްގައި ހިނގި ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއިން ރަށެއްގައި އިއްޔެވަނީ 38 އަހަރުގެ ދިވެހި އަންހެނަކަށް 52 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީގޯނާ ކުރަން އުޅެފައެވެ.
ދެވަނަ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު އެވެ. އެކަން ވެސް ހިނގާފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގެ ރަށެއްގައެވެ.
ފުލުހުން ވިދާޅުވީ ދެމަފިރިއަކު ނިދާފައި ތިބި ގެއަކަށް ގޮތްނޭނގޭ ފިރިހެނަކުވަނީ ވަދެފައި ކަމަށެވެ. އަދި އަން ދެމަފިރިންގެ ތެރެއިން އަންހެން މީހާއަށް ވަނީ ޖީންސީގޯނާ ކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ މައްސަލަވެސް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
Dhemafirin thibee nidhaabeys kaigentha