ޚާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކަށް ޖިންސީގޯނާކުރި ބިދޭސީއެއްގެ މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު 12:00 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގެ ހިނގާފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ.އއ.އދ.ވ) އަތޮޅު ހިމެނޭ ރަށެއްގައެވެ. އެހެންނަމަވެސް އެއީ ކޮންއަތޮޅެއްގެ ކޮންރަށެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އެއީ މައްސަލައިގެ ނާޒުކު ކަމުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެ މައްސަލާގައި މީހަކު ބަންދުކުރި ކަމެއްވެސް އަދި ނުކުރާ ކަމެއް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.