އެމްޑީޕީން ކެމްޕޭން ފަށައިފި، ޕޯސްޓަރު ހަރުކުރުމުގައި އެންމެ އިސްކޮށް ދެ ރައީސުން

ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕޭން އެމްޑީޕީން ފަށައިފިއެވެ.

މިހަރަކާތް އެޕާޓީން ފަށައިފައިވަނީ ނިޔަ ހަރަކާތެއްގެ ގޮތުގައި މުޅި ރާއްޖޭގައެވެ. ފޯރިއާއެކު ކުރިއަށް ގެންދާ މިހަރަކާތުގައި އެމްޑީޕީގެ އެންމެ އިސްކޮށް މިވަގުތު ހުންނެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިޙަރަކާތް ފަށްޓަވައި ދެއްވުމުގެ ގޮތުން "ރަށްވެހި ފަތިސް" ޕޯސްޓަރު ކުރައްސަވައި ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި، ރައީސް މުޙައްމަދު ނަޝީދެވެ. މި ޙަރަކާތް ހެނދުނުކުރިއަށް ގެންދިޔައީ މާލޭގައެވެ. މެދުރު ވިލިމާލޭގައެވެ. ހުޅުމާލޭގައި މިޙަރަކާތް ކުރިއަށް ގެންދަނީ މިއަދު ހަވީރުއެވެ.

މި ޙަރަކާތް ރަސްމީކޮށް ފަށްޓަވައިފައިވަނީ މާލޭގައި ހުންނަ އެމްޑީޕީގެ ސަރަހައްދުގައެވެ. މިހަރަކާތުގައި ރައީސް އިބްރާހީމާއި، ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ބައެއް ކެންޑިޑޭޓުން ބައިވެރިވިއެވެ.

މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭންޓުން މިހާރުވަނީ ހޮވައިފައެވެ. ކެންޑިޑޭޓުން ކެމްޕޭން އިފްތިތާހުކުރުން އޮންނާނީ މިމަހު 21 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.