މަޖިލީސް ގޮނޑިތަކާ ބެހޭގޮތުން އެމްޑީޕީއާއި ޢަދާލަތު މަޝްވަރާ ކޮށްފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީސް ގޮނޑިތަކާ ބެހޭ ގޮތުން އެމްޑީޕީއާއި ޢަދާލަތު ޕާޓީން މިރޭ މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވައިފައިވަނީ އެމްޑީޕީ އޮފީހުގައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެއެވެ. އެމަނިކުފާނު އަރިހުގައި އެޕާޓީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒާއި، ޗެއާޕާސަން އަލްއުސްތާޛު ޙަސަން ލަތީފާއި އެޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޢަދާލަތު ޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ އެޕާޓީގެ ރައީސް، މިސަރުކާރުގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. އެމަނިކުފާނު އަރިހުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން އެއްވެސް ތަފްސީލެއް ލިބޭގޮތެއް ނުވިއެވެ. މި ބައްދަލުވުމުގައި އެއްވެސް ކަމަކަށް އެއްބަސްވެވުނު ކަމެއް ވެސް އެނގޭ ގޮތެއް ނުވިއެވެ. "އެމްޑީޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "މަޖިލިސް ގޮނޑިތަކާ ބެހޭގޮތުން އެމްޑީޕީއާއި ޢަދަލަތު ޕާޓީ މަޝްވަރާކޮށްފި،" ކަމަށެވެ. އެޕާޓީގެ އިސްބޭފުޅުންނަށް ގުޅައިގެން ވެސް އިތުރު މަޢުލޫމާތެއް ލިބޭގޮތެއް ނުވިއެވެ.

މަޖިލީސް އިންތިޚާބު އޮންނާނީ އެޕްރީލް 6 ގައެވެ. އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް ވާދަކުރަން ނިންމައިފައެވެ. ޢަދާލަތުން ވާދަކުރަނީ 13 ދާއިރާއަކަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.