ރިޔާސީ ކެންޑިޑޭޓަކަށް އިބޫގެ ނަން ހުށަހަޅައިފި

އިބްރާހީމް މުހައްމަދު ސާލިހު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ކޮންގްރެސްއަށް ނަން ހުށަހަޅަން ފުރުސަތު ހުޅުވާލުމުން އިބްރާހީމް މުހައްމަދު ސާލީހު (އިބޫ) ނަން ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫގެ ނަން ކޮންގްރެސްއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އޭނާއަކީ ރައީސް ނަޝީދުގެ ކެންޕޭން މެނޭޖަރުވެސް މެއެވެ. އިބޫގެ ނަން ހުށަހަޅަމުން އަސްލަމް ވިދާޅުވީ އިބޫގެ ނަންނަ ހުށަހެޅިޔަސް ރައީސް ނަޝީދަކީ އެމްޑީޕީގެ 43 ހާހަށްވުރެ ގިނަމީހުން ވޯޓު ދެއްވައިގެން ހޮވި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ހުކުމެއް އޮތުމުން އިލެކްޝަނުންވަނީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހާރުވަނީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮންގްރެސްއިން ބޭފުޅަކު ކަނޑައެޅުއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަނި ފުރުސަތެއް ލިބިވަޑައިގެންނެވި ކަމަށް ވިޔަސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. އެހެންކަމުން އިބޫގެ ނަން ހުށަހަޅަމުން އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް އެފުރުސަތު ލިބިވަޑައިގެންފިނަމަ އެމަނިކުފާނަށް އެ ފުރުސަތު ދެއްވަންޖެހޭނެ ކަމަށެވެ.

އިބޫގެ ނަން ހުށަހެޅުމުން އެކަމަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި ވާހަކަ ދެއްކެވި އެންމެހާ ބޭފުޅުންވެސް ވިދާޅުވީ އެންމެ ބޭނުންވާ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިނުގެންނެވުމުން ދެން އެންމެ އެކަށީގެންވާ ބޭފުޅަކީ އިބޫ ކަމަށެވެ. އަދި ރައީސް ނަޝީދަށް އެންމެ އިޚުލާސްތެރި ބޭފުޅަކަށްވާނީ ވެސް އިބޫ ކަމަށް ބައެއް ބޭފުޅުން ވިދާޚުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.