ހުޅުމާލޭގައި ދިން ހަމަލާގައި ޒަޚަމްވީ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ހުޅުމާލެ ބީޗު

މިދިޔަ އަންގާރަދުވަހުގެ ރޭ ހުޅުމާލޭގައި ތިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލި ތިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ އަނެއް ދެމީހުންނަށް މިހާރުވެސް ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

ހަމަލާ ދީފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. ޗައިނާގެ ދެމީހުންގެ ތެރެއިން އެކަކީ ފަތުރުވެރިއެކެވެ. ދެހުރި މީހާއި އޮސްޓްރޭލިއާގެ މީހަކީ ރާއްޖޭގައި މަސައްކަތްކުރާ ދެމީހުންނެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ 6 މީހަކު ބަންދުކޮށްފައެވެ. ފުލުހުން ވިދާޅުވީ އެ ހަމަލާ ދިންމީހުންނައި އެކަންރާވައި ހިންގުމުގައި އަޑީގައިތިބި މީހުން ވަރަށް އަވަހަށް ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ.

މި މީހުންނަށް ހަމަލާ ދިނުމަށްފަހު ބަޔަކު މީހުންވަނީ އެކަމުގެ ޒިންމާ އުފުލާ ކަމަށް ބުނެ ވީޑިއޯއެއް އާއްމުކޮށްފައެވެ. އެމީހުން އެވީޑިއޯގައި ބުނެފައިވާ ގޮތުން އެކަން ކޮށްފައިވަނީ ޓެރެރިސްޓު ޖަމާއަތަކުންނެވެ. ފުލުހުން ވެސް ވިދާޅުވެފައިވަނީ އެއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ ދިވެހިރައްޔިތުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ހިމާޔަތުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.