ވިލިގިލީގައި މީހަކަށް ޙަމަލާދީ ޒަޚަމް ކޮށްލައިފި

ގއ. ވިލިގިލީގައި މިރޭ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން މީހަކަށް ޙަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. ޒަޚަމް ކޮށްފައިވަނީ ޢުމުރުން 28 އަހަރުގެ މީހެކެވެ. މިޙާދިސާ ހިނގާފައިވަނީ މިރޭ 11:30 އެހަކަންހާއިރުއެވެ.

ފުލުހުން ވިދާޅުވީ އެ ޙަމަލާދިން ކަމުގެ ތުހުމަތުގައި މިރޭ ވަނީ 28 އަހަރުގެ މީހަކު ބަންދު ކޮށްފައި ކަމަށެވެ. އަނިޔާވި މީހާއަށް ވިލިގިލީ އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ޙާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ. ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރައްވަމުންނެވެ. ރާއްޖޭގައި ހިންގާ މިފަދަ މާރާމާރީތައް ހުއްޓުވަން ފުލުހުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. ދޭތެރެ ދޭތެރެއިން އެކަމަށް ޚާއްސަ އޮޕަރޭޝަންތައް ފުލުހުން ހިންގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.