ކެންސަރާ ބެހޭ މަޢުލޫމާތު ނަރުހުންނަށް ދެއްވުމަށް ޚާއްސަ ވޯކްޝޮޕެއް އެސްޓީއޯއިން ބާއްވައިފި

"ރޯލް އޮފް ނަރސަސް އިން އިމްޕްރޫވިންގ ކެންސަރ ކެއަރ"ގެ ނަމުގައި ނަރުހުންނަށް ވޯކްޝޮޕެއް މިއަދު ބާއްވައިފިއެވެ. މިއީ  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން އިސްނަގައިގެން ކުރިޔަށްގެންދާ އޮންކޯ ސްޕްކްޓްރާ ފޯރަމްގެ ތެރެއިން މިއަދު ބޭއްވި  ބައްދަލުވުމެކެވެ. މިއަދު ހެނދުނުން ފެށިގެން ހަވީރަށް ވަނީ މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައެވެ. ވޯކްޝޮޕް ބޭއްވީ އެސްޓީއޯ ޓްރެއިނިނގް އިންސްޓިޓިއުޓްގައެވެ.

މި ޚާއްސަ ވޯކްޝޮޕުގައި ކިޔަވައި ދެއްވީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޑޮކްޓަރުން ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އޮންކޯ ސްޕެކްޓްރާ ފޯރަމްކުރިޔަށް ގެންދަނީ އެސްޓީއޯގެ އިތުރުން ޑރ ރެޑީސްއާއި ކެންސަރ ސޮސައިޓީއޮފް މޯލްޑިވްސް،އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެންނެވެ. މިއީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދާ ހަރަކާތެކެވެ. އޮންކޯ ސްޕްކްޓްރާ ފޯރަމް ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ. މިއަދު މިބޭއްވި މީގެ ދެވަނަ ފޯރަމެވެ. އެސްޓީއޯއިން ގެންދަވަނީ އިޖުތިމާއީ ޒިންމާގެ ތެރޭގައި ހިމަނައިގެން މުޖުތަމައަށް ފައިދާކުރުވަނިވި މިފަދަ ހަރަކާތްތައް ބާއްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.