31 އޮކްޓޯބަރ 2019 - މަކިޓާ ހެއްޔާ ޕްރޮމޯޝަންއާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދިޔަ މުބާރާތުގެ އެއްވަނައަށް އައި ފަރާތަށް އިނާމު ހަވާލުކޮށްފިއެވެ. މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދިޔަ މި މުބާރާތުގެ އެއްވަނައަށް ގޮސްފައިވާ ފަރާތަށް އިނާމު ހަވާލުކުރުމަށް ބުދަ ދުވަހުގެ ރޭ އެސްޓީއޯ ޓްރެއިންނިގް ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި މަކިޓާ ކުންފުނީގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިއަ މި މުބާރަތުގެ ވަނަ ހޮވާފައިވަނީ ޖަޖުންގެ 50 އިންސައްތަ އަދި އާމުންގެ ފޭސްބުކް ލައިކްއަށް ބެލުމަށްފަހު އާއްމުންގެ %50 ސައްތަ ލިބިގެންނެވެ.
މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ކަލްޗަރަލް ހެރިޓޭޖް މެނޭޖަރ އަހުމަދު ހާޝިމްއާއި ލަކުޑި ވަޑާމުގެ ފަންނުވެރިއެއްކަމަށްވާ އަހުމަދު ޝަފީއު މަހުމޫދުއެވެ. މުބާރާތުން އެއްވަނައަށް ގޮސްފައިވަނީ އަހުމަދު ސަލީމް(މާޒް ސަލީމް)އެވެ.އެއްވަނައަށް ހޮވުނު ފަރާތަށްވަނީ އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ދީފައެވެ. އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މި މުބާރާތާއެކު ކުރިޔަށް ގެންދިޔަ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ކަސްޓަމަރުންނަށް ޑިސްކައުންޓް ދީފައިވެއެވެ.
(ޚަބަރާއި ފޮޓޯ: އެސްޓީއޯ)