އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އަންނަ އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަށަވަރުކުރުމަށްޓަކައި ބާއްވާ  ޕްރައިމަރީ މިއަދު 2:30 ގައި ފަށައިފިއެވެ.

މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ 2:30 އިން މިރޭ 7:30 އަށެވެ. އެމްޑީޕީގެ މި ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރެއެވެ. ޕްރައިމަރީގައި ވޯޓުލުމަށްޓަކައި މުޅިރާއްޖޭގެ އެކިކަންކޮޅުގައި 169 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ނުވަދިހަ ހާހަށްވުރެ ގިނަމީހުންނަށް ވަނީ ލިބިފައެވެ.

މިއިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެޕާޓީން ވަނީ މިމަހު 23 އިން 25 އަށް މުޅިރާއްޖޭގައި ވޯކްޝޮޕްތަކެއް ބާއްވައިފައެވެ. އެވޯކްޝޮޕުގައި ވަނީ ލާމަރުކަޒީ ގާނޫނާއި އިންތިޚާބާ ބެހޭ މައުލޫމާތު ވެސް ފޯރުކޮށްދީފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މިއަދުގެ ޕްރައިމަރީއަކީ ޑިމޮކްރަސީއާ އެއްގޮތަށް ކުރިއަށްދާނެ ޕްރައިމަރީއެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމްޑީޕީން މިހާރުވަނީ ޕްރައިމަރީއާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ކަމަށްވާނަމަ އެޝަކުވާއެއް ހުށަހެޅުމަށް ހޮޓްލައިނެއްވެސް ގާއިމް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.