ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އާސަންދަ ދެނީ

އަންނަ ފެބުރުއަރީ މަހުން ފެށިގެން ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އާސަންދަ ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވީ އާސަންދަ ލިބޭނީ އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ފަރުވާތަކަށް ކަމަށެވެ.

އާސަންދަ ލިބޭނީ ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަންއާއި، ސައިކޮލޮޖިކަލް އެސެސްމަންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އަށް ކަމަށެވެ. އަމިއްލަ ހޮސްޕިޓަލް ތަކާއި ކްލިނިކްތަކުން ނަފްސާނީ ބަލިތަކަށް ހޯދާ ފަރުވާތަކަށް އަހަރަކަށް ހަމަޖައްސާފައި ވަނީ 5،000 ރުފިޔާ ކަމަށް ވެސް އާސަންދައިން ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ވައުދުފުޅުގެތެރޭގައި ހިމެނޭ ކަމެކެވެ. ރައީސްގެ ވަޢުދުފުޅުގެ ދަށުން އައިޖީއެމްއެޗުގައި ވަނީ "ސެންޓަރ ފޯ މެންޓަލް ހެލްތު" ގެ ނަމުގައި ކުލިނިކެއް ހުޅުވައިފައެވެ. އެކުލިނިކް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހު އެކެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.