ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފި

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި ޝަކުވާ ބަލައިގަންނާނެ އެންމެފަހު ވަގުތަކީ ޖުނުއަރީ 10 ވާ ހުކުރު ދުވަހުގެ 6:00 އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށްޓައި ޝަކުވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މެމްބަރޝިޕް ފޯމް ބަލައިގެންފައި ދޫކުރި ރިސިޓާއެކު އެޕާޓީއަށް އީމެއިލް ކުރުމުން ޝަކުވާ ބަލައިގަންނާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމެރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 2020 ވަނައަހަރު ޖެނުއަރީ 31 ގައެވެ. ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ގެންދަނީ ކެންޑިޑެސީ ފޯމު މިހާރުން ފެށިގެން ޕާޓީއަށް ހުށަހަޅަމުންނެވެ. މިއީ އިސްލާހު ކުރެވިފައިވާ ލާމަރުކަޒީ ގާނޫނުގެ ދަށުން ބާއްވާ ފުރަތަމަ ލޯކަލްކައުންސިލް އިންތިޚާބެވެ. މިގާނޫނުގައި ވަނީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައެވެ.

މީގެ އިތުރަށް ފާހަގަ ކޮށްލެވޭ ކަމަކީ ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ދޭން ގާނޫނުގައި ބުނެފައި އޮތުމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.