މިނިސްޓަރ އާޠިފާގެ ކާރުކޮޅު އެކްސިޑެންޓު ވެއްޖެ

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު އާޠިފާ ދުއްވާ ރަސްމީ ކާރުކޮޅު މިއަދު އެކްސިޑެންޓު ވެއްޖެއެވެ.

ކާރު އެކްސިޑެންޓްވިއިރު އެކަމަނާ އޭގައި އިންނެވިކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެއެވެ. އެހެންނަމަވެސް ކާރުކޮޅުގެ ކުރީކޮޅު ބަފަރުގެ ވާތްފަރާތު ކަން ބަޑިވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު ހެނދުނު 9:45 އެހައިކަންހާއިރު މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގުން އިސްކަންދަރު މައިދާނު ކުރިމަތިންނެވެ. "އެކްސިޑެންޓު ވެފައިވަނީ ބޮޑު ތަކުރުފާނު މަގުން އިސްކަންދަރު މައިޒާން ކުރިމަތިން ދެކުނުން އުތުރަށް ދުއްވާފައިދަނިކޮށް ސައިކަލް ލޭނުން ދުއްވާފައިދިޔަ މީހަކު ކުއްލިއަކަށް ކާރު ލޭނަށް އެރުމުން،" ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުވި ސައިކަލް ދުއްވަންއިނީ 24 އަހަރުގެ އަންހެނެކެވެ. އޭނާއަތުގައި އޮތީ މުއްދަތު ހަމަވެފައިވާ ލައިސަންސެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި ސައިކަލަށް އެއްވެސް ގެއްލުމެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.