ޔޫކްރައިން ފަތުރުވެރިޔާގެ ހަށިގަނޑު އެ ޤައުމަށް ގެންދަނީ

މިއަދު އެކްސިޑެންޓްވި ބަސް: ފޮޓޯ ޕޮލިސް

މިދިޔަ ހޯމަ ދުވަހު ހެނދުނު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫކްރައިންގެ ފަތުރުވެރިޔާގެ ހަށިގަނޑު އޭނާގެ ޤައުމަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޢުމުރުން 31 އަހަރުގެ ފަތުރުވެރިޔާގެ ޢާއިލާ މީހުންވެސް މިހާރުވަނީ ރާއްޖެއަށް އައިސްފައި ކަމަށެވެ. "އެމީހުންނާ ގުޅިގެން އެ އަންހެންމީހާގެ ހަށިގަނޑު ޔޫކްރެއިނަށް ފޮނުވުމުގެ މަސައްކަތް އެބަދޭ ކުރިއަށް،" ފުލުހުން ވިދާޅުވިއެވެ.

އެ މީހާގެ ހަށިގަނޑު މިވަގުތު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. އޭނާ ނިޔާވި އެކްސިޑެންޓް ހިންގަން މެދުވެރިވި ސަބަބެއް ކަމަށް ފުލުހުން ވިދާޅުވެފައިވަނީ ނިދާފައި އިނދެގެން ބަސްދުއްވުމެވެ.

އެ މީހާގެ ހަށިގަނޑު މިވަގުތު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. އޭނާ ނިޔާވި އެކްސިޑެންޓް ހިންގަން މެދުވެރިވި ސަބަބެއް ކަމަށް ފުލުހުން ވިދާޅުވެފައިވަނީ ނިދާފައި އިނދެގެން ބަސްދުއްވުމެވެ. އޭނާ ނިދާފައި އިންދާ އެހީތެރިޔާ ޑްރައިވަރުގެ ގައިގައި ކޮއްޓާލުމުން ސިއްސައިގެން ގޮސްފައި ބަސް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އޭނާއަށް ފިއްތާލެވުނީ ރޭސް ޕެޑެލަށް ކަމަށް މަޢުލޫމާތު ލިބިފައިވައިވެއެވެ. އެހިސާބުން ބަހުގެ ސްޕީޑުބާރުވެ ބަސް ދިޔައީ ފަތުރުވެރިޔާގެ ގައިމަތިންނެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ޗިސްވެފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ބަސް ދުއްވި ޑްރައިވަރު މިހާރުވަނީ ފުލުހުންގެ ބަންދުގައެވެ. އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.