ދިޔަވަމުންދިޔަ ދޯންޏެއްގައި ތިބި 4 މީހަކު ސަލާމަތްކޮށްފި

އެނބޫދޫ ފަޅުކައިރީގައި އޮންނަ އަޑިމަގު ފަޅުތެރޭގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް އަޑިއަށްދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން އެތަނަށްގޮސް އޭގައި ތިބި މީހުންން ސަލާމަތްކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިޙާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:30 ގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ މަޢުލޫމާތު ލިބުމާއެކު މެރިން ޕޮލިސް ވަނީ އެ ސަރަހައްދަށް ގޮސް ޙާލު ދެރަވެފައި ތިބި ދެމީހަކު މާލެ ގެނެސް އައިޖީއެޗަށް ގެންގޮސްފައި ކަމަށެވެ. އެއީ ބަނގްލަދޭޝްގެ ދެމީހެކެވެ. ދޯނީގައި ދެންތިބި ދެމީހުންނާއި ފުލުހުން ގުޅިގެންވަނީ އެނބޫދޫ ފަޅުކައިރިން ހިއްކަމުންދާ ސަރަޙައްދަށް ދޯނި ގެންގޮސްފައެވެ. އަދި ފުލުހުން މިހާރުވެސް އެ ދެމީހުންވެސް މާލެ ގެނެސްދީފައެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ.

ދޯނީގައިތިބީ ތިން ބިދޭސީނާއި، ދިވެއްސެއްކެވެ. އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ދެމީހުންގެ ޙާލު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަކުރާ ދުވަސްވަރަކަށްވުމުން އެންމެންވެސް ދަތުރުފަތުރު ކުރުމުގައި މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ފުލުހުންވަނީ ނަސޭހަތްތެރިވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.