ހަތާވީސް މީހުންނާއެކު ދަތުރުކުރި ސަފާރީއެއް ދަރަވަންދޫ ނެރަށް އަރައިފި

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި "ބުލޫ ލެގޫން" ނަމަކަށް ކިޔާ ސަފާރީއެއް ބ.  ދަރަވަންދޫ ނެރު މައްޗަށް އަރައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިޙާދިސާ ހިނގިއިރު އެއިން ދަތުރުކުރީ 13 ފަތުރުވެރިންނާއި 14 ފަޅުވެރިންނެވެ. މިއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިހާދީސާ ގެ މައުލޫމާތު ނޮވެމްނަރު 19 ވަނަދުވަހު 00:45 ގައި އެހައިކަންހާއިރު ކަމަށް އެންއެންޑީއެފުން ވިދާޅުވެފައިވެއެވެ. މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަންއޭރިއާގެ ކޯސް ގާޑު ސްކްޑްރަންގެ ހާބަކްރާފްޓް ލޯންޗު ވަނީ ވަގުތުން  އެހީވުމުގެ މަސައްކަތް ފަށައިފައެވެ.

ފޮޓޯތައް- އެމްއެންޑީއެފް

ސަފާރީގެ ވެރިފަރާތުން މިހާރު ގެންދަނީ ސަފާރީ ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި ވެރިފަރާތަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.