އާގުބޯޓެއްގައި އޮތް ބަލިމީހަކަށް ފަރުވާ ދިނުމަށް ހިތަދުއަށް

އިކުއެޓޯރިއަލް ގިނީ ގެ ޕޯޓް އޮފް ބާޓާ ބަނދަރުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ހޮންކޮންގ ގެ "އެމްވީ ޕްރޮސްޕެރިޓީ 103" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ހިތަދޫއަށް ގެނެސްފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިމަހު 23 ވަނަ ދުވަހު މެންދުރު 13:15 ހާއިރުއެވެ. މި ބަލިމީހާ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު ހެނދުނު 7:15 ގައެވެ.

އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ޑޮކްޓަރުންގެ ޓީމަކާއެކު ސިފައިން އެ ބޯޓު އޮތް ސަރަޙައްދަށް ގޮސްގެނެވެ. މިބަލިމީހާ އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދަށް ނަގާފައިވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު އައްޑޫ ސިޓީ ގަމުގެ 7 ނޯޓިކަލް މޭލު ބޭރަށް މި ބޯޓު ކައިރިކުރުމުންނެވެ.

އެއީ އުމުރުން 28 އަހަރުގެ ޗައިނާގެ ރައްޔިތެކެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.