ހޯދަމުންދިޔަ ޖަމްބޯ ދޯނި ފެނިއްޖެ

މަހަށް ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ "ޖަމްބޯ" ދޯނި ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ދޯނި އެންދެމުމުގެ މަސައްކަތުގައި ލ. އަތޮޅުގައި ޙަރަކާތްތެރިވަމުންދާ ކަމަށް އޮޑިވެރިޔާ މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް ދޯނީގެ ޚަބަރެއް ނުވެ ދިޔައީ ކީއްވެ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

މި ދޯނި ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފައިވަނީ އިއްޔެއެވެ. 12 މީހުންނާއެކު މަހަށްފުރި އެދޯނި ހޯދަން ފެށީ މިމަހު 20 ވަނަ ދުވަހު އެންދަމައިގެން ކަނޑަށް ނުކުމެ އެރެ 7:00 ގައި ޚަބަރެއްވިފަހުން ޚަބަރެއް ނުވެގެން އޮޑިވެރިޔާ އެމްއެންޑީއެފަށް ރިޕޯޓު ކުރުމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދޯނީގެ ޚަބަރެއް ވެފައިވަނީ މިއަދު 2:29 އެހައިކަންހާއިރު ކަމަށެވެ. ކަނޑުމައްޗަށް ނުކުމެ އުޅޭއިރު އަބަދުވެސް މުވާސަލާތު ކުރެވޭނެ ގޮތެއް ހަމަޖައްސަވަން އެމްއެންޑީއެފުން އަންނަނީ ނަސޭޙަތް ދެއްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.