ސިޓީތަކުގެ އިންތިޚާބީ ދާއިރާތައް ބައިކުރުމާ ބެހޭ ބައްދަލުވުމެއް އީސީ ގައި ކުރިއަށް ދަނީ

ސިޓީތަކުގެ އިންތިޚާބީ ދާއިރާތައް ބައިކުރުމާ ބެހޭ ބައްދަލުވުމެއް އިލެކްޝަން ކޮމިޝަނުން މިއަދު ކުރިއަށް އެބަ ގެންދަވައެވެ. މިބައްދަލު ވުމަކީ ލާމަރިކަޒީ ޤާނޫނަށް ގެނައި އިޞްލާޙާ ގުޅޭގޮތުން ސިޓީތަކުގެ އިންތިޚާބީ ދާއިރާތައް ބައިކުރުމާ ބެހޭ ގޮތުން ބާއްވާ ބަދަލުވުމެކެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި މިބައްދަލުވުން ކުރިއަށް ދަނީ ސިޓީތަކުގެ މަޖިލީސް މެމްބަރުންނާއި ސިޔާސީ ޕާޓީތަކާއެކު ގައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުގައި ވާގޮތުން 60 ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބެން ޖެހޭނެއެވެ. އެހެން ކަމުން 2020 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީއަށް 19 ކައުންސިލކަރުން ، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އަދި ފުވައްމުލަކަށް 7 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.