ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާނީ ވޯޓުލާ މަރުކަޒުތަކުގައި، ޓެބްލެޓަކުން ނޫން: ޝަރީފް

ރިޔާސީ އިންޠިޚާބަށް ޓެބްލެޓް ގެންނަ ވާހަކަ އާއި ޓެބްލެޓް ގެންނަނީ ވޯޓު އޮޅުވާލުމަށް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މިއަދު ޖަވާބު ދެއްވައިފިއެވެ. މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދް ޝަރީފް ވިދާޅުވީ ވޯޓު ގުނައި ވޯޓު އިއުލާން ކުރާނީ ވޯޓުލާ މަރުކަޒުތަކުގައި ކަމަށެވެ. ޓެބްލެޓުން ކުރާނީ ނެޓްބުކުން ކުރީން ކުރި ހުރހާ މަސައްކަތެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ނަތީޖާ އިއުލާން ކުރުމަށް ޓެބްލެޓް ބެޭނުން ނުކުރާނެ ކަމަށެވެ.

"މިފަހަރު ކުރާނީ ނެޓްބުކުން ކުރި ހުރިހާ މަސައްކަތެއް ކުރާނީ ޓެބްލެޓުން. ޓެބްލެޓުން ނަތީޖަ އިއުލާން ނުކުރާނެ. ނެޓްބުކްގަ ކުރި މަސައްކަތް ކުރާނީ. ގުނާނީ ކުރިންވެސް ގުނިގޮތަށް. ނަތީޖާ އިއުލާންކޮށް އެތާ ތަތް ކުރުމަށްފަހު އިލެކްޝަންސް އަށް ދާނީ. ޝަރީފް ވިދާޅުވިއެވެ. އިލެކްޝަންސް އަށްވުރެ ކުރީން އެމައުލޫމާތު މީޑިއާ އަށް އެނގޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.   

މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ 750 ޓެބްލެޓަށް އޯޑަރު ކޮށްފައިވާ ކަމަށާއި ގަތުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ. ޓެބްލެޓް ގެންނަނީ ޗައިނާ އިން ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ޓެބްލެޓް ގަންނާން ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏަކާ ކަމަށެވެ. އެ ކުންފުންޏަކީ އޯޕަންކޮށް ބިޑް ކުރުމުން ބިޑް ކާމިޔާބު ކުރި ފަރާތް ކަމަށާއި އެފަރާތަށް ދީފައިވާ ހަމައެކަނި މައުލޫމާތަކި ޓެބްލެޓްގެ ސްޕެސިފިކޭޝަން ކަމަށެވެ. ޝަރީފް ވިދާޅުވީ ޓެބްލެޓް މެނުފެކްޗަރ ކުރަނީ ކޮން ކުންފުންނަކުން ކަންވެސް އިލެކްޝަންސް އަށް ނޭނގޭ ކަމަށެވެ.

ޓެބެލެޓް ބޭނުންކޮށްގެން ވޯޓު އޮޅުވާލާނެ ކަމަށް ދެކެވޭ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބައެއްފަހަރު ރައްޓެހިންނާ ދިމާވެ ވަކި މީހެއްގެ ނަން އެންޓަރ ކުރުމުން ވަކިގޮތަކަށް ފަންކަޝަން ކުރާގޮތަށް ޓެބްލެޓް ސެޓް ކުރާ ވާހަކަ އިވޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، "... ބްރޭންްޑް ވެސް ހާމައެއް ނުކުރަން. ޔަގީން ކުރައްވާ. ޓެބްލެޓްގައި، ހިމަނަން ނުޖެހޭ އެއްވެސް ފަންކްޝަނެއް ނުހުންނާނެ. އެންޓަރ ކުރާ މައުލޫމާތު އެންޓަރ ކުރަ ގޮތަށް އިންނާނީ. އެއީ ކަނޑައެޅިގެން ދޮގެއް. މެނުފެކްޗަރ ކުރަނީ ކޮން ބައެއް ކަމެއްވެސް ނޭނގޭ. ބްރޭންދްވެސް ހާމައެއް ނުކުރަން"

ޝަރީފް ވިދާޅުވީ ޓެބްލެޓް ގެނައުމުން ސިޔާސީ ފަރާތްތަކުން ބޭނުންފުޅުވާނަމަ ޓެބެލެޓް ޗެކް ކުރެވޭނެއެވެ. ފާހަގަ ޖަހަން ގެންނަ މާކަރުވެސް ޗެކް ކުރެވޭނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.