5.9 ބިލިއަން ރުފިޔާގެ ޑެފިސިޓާއެކު 2020 ބަޖެޓް މަޖިލީހުން ފާސްކުރައްވައިފި

2020 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. ބަޖެޓް ފާސްކުރައްވައިފައި ވަނީ 77 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އަންނަ އަހަރުގެ ބަޖެޓަށް ވޯޓް ނުދެއްވަނީ ހަމައެކަނި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރެވެ.

އަންނަހަރަށް ފާސްކުރި ޖުމްލަ ބަޖެޓް ޢަދަދަކީ 37.8 ބިލިއަން ރުފިޔާއެވެ. ސަރުކާރުން ހުށަހެޅުއްވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކޮށް 366 މިލިއަން ރުފިޔާ އިތުރުކުރުމުން 37.8 ބިލިއަން ރުފިޔާއަށް ބަޖެޓް ވަނީ އިތުރުވެފަ އެވެ. ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކުރުމުން ބަޖެޓް ޑެފިސިޓް 5.6 ބިލިއަން ރުފިޔާއިން 5.9 ބިލިއަން ރުފިޔާއަށް ވަނީ އިތުރު ވެފައެވެ.

ބަޖެޓަށް އިތުރު ކުރި 366 މިލިއަން ރުފިޔާގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.