މިރޭގެ މުޒާހަރާގެ އިސް ބައެއް މީހުން ބަންދުކޮށްފި

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީން މިރޭ ބޭއްވި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އިސް ބައެއް މީހުން ބަންދުކޮށްފިއެވެ.

މިރޭ ބަންދުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ނާއިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރ އަޙުމަދު ޝިޔާމާއި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ނާއިބު ޢަބްދުﷲ މުޙައްމަދާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރ މުޙައްމަދު އިސްމާޢީލް ހިމެނެއެވެ. އޭގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެންބަރުން ކަމަށްވާ  މުޙައްމަދު ލަތީފާއި، އިބްރާހީމް ފައިސަލް ވަނީ ބަންދުކޮށްފައެވެ.

މި މުޒާހަރާއަކީ ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމުގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާއެކެވެ. އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ވެސް ވަނީ މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާއިން ބަންދުކުރި މީހުން މިއަދު ވަނީ ދޫކޮށްލައިފައެވެ.

ރައީސް ޔާމީންގެ މައްޗަށްކުރި މަނީލޯންޑަރ ކުރިކަމުގެ ދަޢުވާ ސާބިތުވެ ކްރިމިނަލްކޯޓުންވަނީ އެމަނިކުފާނު 5 އަހަރަށް ޖަލަލުމަށް ޙުކުމް ކުރައްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އަދި ޙުކުމް ކުރި ދުވަހުން ފެށިގެން 6 މަސްތެރޭގައި އެފައިސާ މީރާއަށް ދެއްކުމަށް ވެސް ޙުކުމުގައިވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމް މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.